މިޒަމާނުގައި ޓެކްނޮލޮޖީއަށް އައި ކުރިއެރުމުގެ ސަބަބުން ޒަމާނުންސުރެ އަޅުގަނޑުމެން އުނގެނެމުން އައި ގޮތް ބަދަލުކޮށްލުމުގެ ބާރު ޓެކްނޮލަޖީއަށް ވަނީ ލިބިފައެވެ. މިކަމަކީ ދެމީހަކު ދެބަސްވާނެ ކަމެއްނޫނެވެ. މިލިޔުމުގައި ކުލާސްރޫމްގައި ބޭނުންކުރެވޭ ޒަމާނީ ޓެކްނޮލޮޖީގެ އާލާތްތަކުގެ ތެރއިން ބޮޑަށް ބަލާލާފައިވާނީ އިލެކްޓްރޯނިކް އާލާތްތަކުގެ މައްޗަށެވެ. މިލިޔުމުގައި ފާހަގަ ކޮށްފައިވާ އާލާތްތަކުގެ އިތުރުންވެސް ޒަމާނީ ޓެކްނޮލޮޖީގެ ވަޞީލަތްތަކާއި އާލާތްތައް މިޒަމާނުގެ ކްލާސް ރޫމްތަކުގައި ބޭނުން ކުރެވެމުން ދެއެވެ. މި ތާގައި މި ބަޔާންކޮށްލަނީ ޒަމާނީ ކުލާސްރޫމްތަކުގައި މިހާރު ބޭނުން ކުރެވެމުންދާ ބައެއް ސާމާނުތަކަށެވެ. މިގޮތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްލެވޭ ޓެކްނޮލޮޖީގެ އާލާތްތަކާއި ވަޞީލަތްތައް ދަންނަވައިލާނަމެވެ.

ކޮމްޕިޔުޓަރު ފަދަ އާލަތްތަކުގެ އިތުރުން މަލްޓި މީޑިއާގެ ގޮތުގައި ޑިޖިޓަލް ޓީވީ ޗެނަލުތަކާއި ޑީވީޑީ ފަދަ ވަޞީލަތްތައް ޒަމނީ ކުލާސް ރޫމްތަކުގައި މިއަދު ބޭނުންކުރެވެއެވެ. އެކިއެކި މާއްދާތަކާ ގުޅޭ ތަފާތު ޗެނަލުތަކުން ދަރިވަރުންނަށް އަބަދުވެސް މަޢުލޫމާތު ލިބިލިބި ހުންނަގޮތްހެދިފައި ހުރުމުން ކިޔަވާކުދިންގެ ތަޢުލީމީ ފެންވަރު މަތިވެގެންދެއެވެ.

ޓްވިޓަރ، ވައިބަރ، ގޫގްލް ހޭންގްއައުޓްސް، ގޫގްލް ޕްލަސް އަދި ފޭސްބުކް ފަދަ ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން ދަރިވަރުންގެ ޚިޔާލުތަކާއި ސުވާލުތައް ކުލާހުގެ ސްމާޓްސްކްރީންގައި އެންމެންނަށް ފެންނަ ގޮތަށް ހަދައިލުމުން މުދައްރިސުގެ ޖަވާބާއި އިޖާބަތައް ކިޔަވާކުދިންނަށް ދަރިވަރުންގެ ޑިޖިޓަލް ޑިވައިސްތަކުން ވަގުތުން ފެނިގެންދާނެއެވެ. މުހިންމު އިޢުލާންތަކާއި އެންގުންތަކާއި ގުރޫޕު މަސައްކަތްތަކާއި ފިލާވަޅުގެ ނޯޓުތަކާއި އެހެނިހެން ލިޔެކިޔުންތައް ވަގުތުން ވަގުތުން ޙިއްޞާކޮށްލެވޭނެއެވެ.

ޑްރޮޕްބޮކްސް، ގޫގްލް ޑްރައިވް، އަދި ވަންޑްރައިވް ފަދަ އޮންލައިން ފައިލް ހޮސްޓިންގ ޚިދުމަތްތައް ބޭނުންކޮށްގެން ހޯމްވާރކާއި އެހެނިހެން އެސައިންމަންޓްތައް ކަރުދާހުގައި ޕްރިންޓް ނުކޮށް ވަގުތުން އޮންލައިން ކޮށް ސަބްމިޓްކުރެވެއެވެ. އަދި ދަރިވަރުންގެ ނަތީޖާތައް ވަގުތުން ޝާއިޢުކުރެވި ފެންވަރު ވަޒަންކުރުމުގެ ފުރުޞަތު ހަމަ ވަގުތުން ލިބިގެންދެއެވެ. މި ވަޞީލަތްތަކުގެ ސަބަބުން ފޮތް ދަބަސް އުފުލުން ފަދަ ބުރަ މަސައްކަތުން ކުދިން ސަލާމަތް ކުރެވޭނެއެވެ. އަދި ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް އިންޓަރނެޓު ލިބޭނަމަ މި ވަޞީލަތްތަކުގެ ބޭނުން ހިފޭނެއެވެ.

ޔޫޓިޔުބް، ގޫގްލް ހޭންގްއައުޓްސް، އޮންލައިން ޕްލެޓްފޯމް އަދި ސްކައިޕް ފަދަ ވަޞީލަތްތަކަކީ، ކުލާހަށް ނުދެވޭ ފަދަ ދަނޑިވަޅުތަކުގައި ކިޔަވައިދިނުމަށް ބޭނުންކުރެވިދާނެ ވަޞީލަތެކެވެ. މުދައްރިސުންނަށް ގޭގައި ތިބެގެން ކުލާސް ނަގައިދެވޭނެއެވެ. އަދި ދަރިވަރުންނަށް ވެސް ގޭގައި ތިބެގެން ކުލާހުގައި ބައިވެރިވެވޭނެއެވެ. މޫސުމަށް އަންނަ ބަދަލަކުން ނުވަތަ ޤުދުރަތީ ކާރިސާއެއްގެ ސަބަބުން ދިމާވާ ކަމެއްގެ ސަބަބުން ފިލާވަޅަށް ހުރަސްއެޅިގެން ދިއުމުގެ ފުރުޞަތު މި ގޮތުން ކުޑަވާނެއެވެ.

ކުލާހުގެ ވެބްސައިޓެއް ނުވަތަ "ވިކީ" އެއް ނޫންނަމަ ގޫގްލް ކްލާސްރޫމް ފަދަ ވަޞީލަތެއް ބޭނުންކުރުމުން ކުލާހުގައި ހިނގާ ކަންތައްތައް ދުވަހުން ދުވަހަށް އެއް ތަނަކުން އަބަދުވެސް ފެންނަންހުންނާނެއެވެ. މިއީ ކުލާހުގެ ވީޑިއޯތަކާއި ތާވަލުތަކާއި އެސައިންމަންޓުތަކާއި ފިލާވަޅުތަކާއި ކަލަންޑަރު ފަދަ އެންމެހައި މަޢުލޫމާތުތައް އޮންލައިން ކޮށް ޙިއްޞާކުރެވިގެންދާނެ "ޕޯޓަލް" އެއް ނުވަތަ ދޮރޯއްޓެކެވެ.
ނިންމުން
މަތީގައި ބަޔާން ކުރެވުނު ތަކެއްޗަކީ ދުނިޔޭގެ ތަރައްޤީ ވެފައިވާ ޤައުމުތަކުގައި ވަރަށް ފުޅާދާއިރާއެއްގައި މިހާރު ބޭނުންކުރެވެމުންދާ އާލާތްތަކާއި ވަޞީލަތްތަކެކެވެ. އަޅުގަނޑުމެންގެ ކުލާސްރޫމްތައްވެސް މިފަދަ ޓެކްނޮލޮޖީގެ އާ ބާވަތްތަކުން މުއްސަނދިކޮށް އެތަކެތީގެ ބޭނުން އެންމެ ހެޔޮގޮތުގައި ބޭނުން ކުރެވިއްޖެ ނަމަ ދަރިވަރުންގެ ތަޢުލީމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެން ދާނެއެވެ.
ޒަމާނީ ވަޞީލަތްތަކުން މުއްސަނދި ވެފައިވާ ކުލާސްތަކުގައި ކުދިން ކިޔަވަމުންދަނީ މުދައްރިސްގެ ބެލެހެއްޓުމުގެ ދަށުން އެކުދިން އަމިއްލައަށެވެ. މީގެ ނަތީޖާއެއްގެ ގޮތުން ތަޢުލީމް ޙާޞިލު ކުރުމުގައި ދަރިވަރުންގެ ޒިންމާ ދަރިވަރުންނަށް ވިސްނި އަމިއްލައަށް ޒިންމާނަގައެވެ. ނަތީޖާއެއްގެ ގޮތުން މިފަދަ ދަރިވަރުންގެ ވިސްނުމުގެ ހުނަރާއި ކަންކަމަށް އަމިއްލައަށް ކުރިމަތިލައި ކަންކަން ކުރުމުގެ ޤާބިލުކަން އިތުރުވެއެވެ.
ޒަމާނީ ޓެކްނޮލޮޖީގެ ވަޞީލަތްތައް މަދު ނަމަވެސް، މިއަދު އަޅުގަނޑުމެންގެ ތަޢުލީމީ ނިޒާމުވެސް ބައްޓަން ކުރެވެމުން މިދަނީ މިދެންނެވި ގޮތަށެވެ. މުދައްރިސްގެ އިރުޝާއިއެކު ކުދީން އަމިއްލައަށް ޒިންމާ ނަގައިގެން ކިޔަވާ ގޮތަށެވެ.
އެހެންކަމުން ކުރިއަށް އޮތްތަނުގައި މިޤައުމުގެ ތަޢުލީމީ ނިޒާމުވެސް ހަރުދަނާ ވެގެން ދާނެކަމަށް އުންމީދުކުރެވެއެވެ.
Very informative tactical. nice design too...
ReplyDeleteThis comment has been removed by the author.
ReplyDeleteޒަމާނީ ޓެކްނޮލޮޖީގެ މިހުރިހާ ވަޞީލަތްތަކެއް އޭގެ އެްންމެ ފުރިހަމަ ގޮތުގައި ބޭުނުންކުރެވޭނަމަ އޭގެ ފައިދާ ދަރިވަރުންނަށާއި މުދައްރިސުންނަށްކުރާނެއެވެ.
ReplyDeleteماشاءالله! ވ.ރަނގަޅު މަސައްކަތެއް!މައުޟޫޢަށް ވަރަށް ފުންކޮށް ބައްލަވާލައްވާފައިވޭ، އަދި ލޭއައުޓްވެސް ވަރަށް ފުރިހަމަ އަދި އެހާމެރީތި! ކިޔަވާކުދިންނަށް މުހިއްމު މަޢުލޫމާތުތަކެއް ލިބޭނެ ލިޔުމެއްކަމަށް ޤަބޫލުކުރެވޭ، مرحبا!
ReplyDeleteމި ލިޔުމުގައި ލިޔުންތެރިޔާ ލިއުއްވާފައިވާ އާލަތްތައް ކިލާހުގައި މިހާރުން މިހާރަށް ތަޢާރަފުކުރަން ފެނޭ
ReplyDeleteމާޝާﷲ ވަރަށްފުރިހަމަ މަޢުލޫމާތު މުއްސަނދި ލިޔުމެއް. ޒަމާނީ ޓެކްނޮލޮޖީ ވަރަށް ފުރިހަމައަށް ގެނެސްދޭ ލިޔުމެއްއް.ވަރަށް ޝައުގުވެރި...
ReplyDeleteއަކްރަމް، މިހާރު މިފަދަ ކްލާސްރޫމެއްގައި ނޫނީ ނުކިޔެވޭނެ ދޯ.. މަޢުލުމާތު ހޯދުމާއި ފޫހިކަމެއްނެތި ކިޔަވަން ބޭނުމިއްޔާ...
ReplyDeleteTop 10 Best Casinos in California - MapYRO
ReplyDeleteTop 10 Best Casinos in California · 8. Red Dog 포항 출장안마 Casino · 동두천 출장안마 7. Bally's Resort Southern 진주 출장안마 California 경상남도 출장샵 · 6. Caesars Palace Resort Casino · 5. Planet 7 고양 출장안마 · 4. 8