ލަރނިންގ މެނޭޖްމަންޓް ސިސްޓަމްސް





ލިޔުނީ: އާމިނަތު ޝަހްނީޒާ

ލަރނިންގ މެނޭޖްމެންޓް ސިސްޓަމް އަކީ ކޮބާ؟؟؟

ލަރނިންގ މެނޭޖްމެންޓް ސިސްޓަމަކީ، ޢާންމުގޮތެއްގައި ކިޔަވައިދޭ ކޮލެޖްތަކާއި ކުންފުނިތަކުން، އެ ޚިދުމަތް ބޭނުންކުރާ ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތު އަދި ތަޢުލީމާއި ގުޅުންހުރި ވަޞީލަތްތައް ފޯރުކޮށްދޭ ވެބް-ބޭސްޑް އެޕްލިކޭޝަނެކެވެ.







އީ-ލާރނިންއަކީ ކޮބާ؟





ލިޔުނީ:  އަޙްމަދު މުޖުތަބާ

އީ-ލާރނިންއަކީ ކޮބާ؟

އީ ލާރނިން އޭ މި ބުނެވެނީ އިލެކްޓްރޯނިކް ލާރނިން އަށެވެ. ނުވަތަ ޓެކްނޮލޮޖީގެ ތަފާތު ވަޞީލަތްތައް ބޭނުންކޮށްގެން އުނގެނި ދަސްކުރާ ކުރުމަށެވެ. ޢާއްމުގޮތެއްގައި ކޮމްޕިއުޓަރ އާއި އިންޓަނެޓް ބޭނުންކޮށްގެން އުނގެނި ދަސްކުރުމުވެ.
މިއީ ސްކޫލް ތަކުގައި ކަމުގައިވިޔަސް ނުވަތަ ކިޔަވާ ކޯހެއްގައި ނުވަތަ އަމިއްލަ ވިޔަފާރީގައި ކަމުގައިވީނަމަވެސް އަދި ދުރުންދޭ ތަޢުލީމު (ޑިސްޓެންސް ލާރނިންގ) ކަމުގައި ވިޔަސް ކޮމްޕިއުޓަރ އާއި އިންޓރނެޓް ބޭނުންކޮށްގެން އުނގެނި ދަސްކުރުމެވެ. ކުރީގައި ޤަބޫލުކުރެވިފައި އޮންނަނީ ކިޔަވައިދޭ ކުލާސްރޫމެއްގައި ކޮމްޕިއުޓަރ އާއި ސްމާޓް ފޯނާއި ޓެބްލެޓް ފަދަ ތަކެތި ބޭނުންކުރުމަކީ އިންސާނުންގެ ކޮމިއުނިކޭޝަން ލެވެލް ދަށްވާނެ ކަމެއް ކަމުގައެވެ. ނަމަވެސް މި އަދުގެ ދިރާސާތަކުން އެނގި ހާމަވަނީ މި ފަދަ ވަޞީލަތް ތަކުގެ އެހީގައި މާ އަވަހަށް ކުދިންނަށް އެނގި ދަސްވާކަމެވެ. އަދި ކުދިން ފިލާވަޅަށް ޝައުޤުވެރިކަން އިތުރުވެ، ދަސްކުރުމުގައި ޝާމިލުވާ މިންވަރު އިތުރުވެގެން ދެއެވެ.





އެޑިއުކޭޝަނަލް ޓެކްނޮލޮޖީ ތަރައްޤީވަމުން އައިސްފައިވާ ގޮތުގެ ތާރީޚް

ލިޔުނީ: ހާރޫން ރަޝީދު


މުޤައްދިމާ

އެޑިއުކޭޝަނަލް ޓެކްނޮލޮޖީގެ މާއްދާއަކީ ނުހަނު ފުޅާ މާއްދާއެކެވެ. އަދި އެ ދާއިރާގައި ބޭނުންކުރެވޭ އާލާތްތަކަކީވެސް އަދަދު ނުކުރެވޭހާ ގިނަ އާލާތްތަކެކެވެ. އަދި އެތަކެތީގެ ތާރީޚަކީ ތަފާތު މަރުޙަލާތަކެއް ކަނޑަތުކޮށްފައިވާ ދިގު ތާރީޚެކެވެ. އެހެންކަމުން، މި  މައުޟޫއަށް، ޚާއްޞަކޮށް އެޑިއުކޭޝަނަލް ޓެކްނޮލޮޖީ ތަރައްޤީވަމުން އައި ގޮތުގެ ތާރީޚަށް އަލިއަޅުވާލައި ލިޔާ މިފަދަ ކުރު ލިޔުމެއްގައި އެހުރިހާ އެއްޗެއްގެ ތަފްޞީލަށާއި ތާރީޚަށް ވަކިވަކިން ދިއުމަކީ މުޞްތަޙީއްލު ކަމެކެވެ

ޒަމާނީ ކުލާސްރޫމް ޓެކްނޮލަޖީތައް

ލިޔުނީ: އަކުރަމް ސަޢުދު 
މިޒަމާނުގައި ޓެކްނޮލޮޖީއަށް އައި ކުރިއެރުމުގެ ސަބަބުން ޒަމާނުންސުރެ އަޅުގަނޑުމެން އުނގެނެމުން އައި ގޮތް ބަދަލުކޮށްލުމުގެ ބާރު ޓެކްނޮލަޖީއަށް ވަނީ ލިބިފައެވެ. މިކަމަކީ ދެމީހަކު ދެބަސްވާނެ ކަމެއްނޫނެވެ. މިލިޔުމުގައި ކުލާސްރޫމްގައި ބޭނުންކުރެވޭ ޒަމާނީ ޓެކްނޮލޮޖީގެ އާލާތްތަކުގެ ތެރއިން ބޮޑަށް ބަލާލާފައިވާނީ އިލެކްޓްރޯނިކް އާލާތްތަކުގެ މައްޗަށެވެ. މިލިޔުމުގައި ފާހަގަ ކޮށްފައިވާ އާލާތްތަކުގެ އިތުރުންވެސް ޒަމާނީ ޓެކްނޮލޮޖީގެ ވަޞީލަތްތަކާއި އާލާތްތައް މިޒަމާނުގެ ކްލާސް ރޫމްތަކުގައި ބޭނުން ކުރެވެމުން ދެއެވެ. މި ތާގައި މި ބަޔާންކޮށްލަނީ ޒަމާނީ ކުލާސްރޫމްތަކުގައި މިހާރު ބޭނުން ކުރެވެމުންދާ ބައެއް ސާމާނުތަކަށެވެ. މިގޮތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްލެވޭ ޓެކްނޮލޮޖީގެ އާލާތްތަކާއި ވަޞީލަތްތައް ދަންނަވައިލާނަމެވެ.